- Advertisement -ad image

ކުޑަކުއްޖަކާއި ގުޅޭ އެއްވެސް ކޭސްއެއް ކަސްޓޯޑިއަލްގައި ނޯންނާނެ: އިހުސާން

ad image

ގުޅުންހުރި ލިޔުންތައް

ކުޑަކުއްޖަކާއި ގުޅޭ އެއްވެސް ކޭސްއެއް ފުލުހުންގެ ކަސްޓޯޑިއަލްގައި ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރޭ ޕީއެސްއެމްގައި ބޭއްވި “އަހާ” ފޯރަމްގައި ޢާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ ކުށް ކުރާ ކުއްޖަކު ނުވަތަ ކުށުގެ މާހައުލަށް ހުށަހެޅޭ ކުއްޖަކު، ކުށެއްގެ މާހައުލުން ހައްޔަރުކުރެވި ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ހިސާބުން ވަގުތުން އެކުއްޖަކަށް ޑިޕާޓްމަންޓް އޮފް ޖުވެއިނަލް ޖަސްޓިސްގެ ފަރާތުން އެޓެންޑު ވާނެކަމަށެވެ.

އަދި އެ ކުދިންގެ ޝަރީއަތް އަވަސްކުރާނީ ކުޑަކުދިން ކަސްޓޯޑިއަލްގައި ބަހައްޓައިގެންކަމަށާއި، މިހާރު ކުޑަކުއްޖަކާއި ގުޅޭ އެއްވެސް ކޭސްއެއް ކަސްޓޯޑިއަލްގައި ނޯންނާނެ ކަމަށް މިނިސްޓަރ ވަނި ވިދާޅުވެފައެވެ.

މިނިސްޓަރ ވަނީ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިން ބެލެހެއްޓޭނެ ނިޒާމެއް މިހާރުރާއްޖޭގައި ނެތްކަން ފާހަގަކޮށް، އެފަދަ ނިޒާމެއް ޤާއިމުކޮށް މުޖުތަމައުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި އެކުދިން ނެރެވޭނެ ގޮތްތައް ސަރުކާރުން ހޯދަމުންދާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ދ.ކުޑަހުވަދޫ އަދި ހއ.ހޯރަފުށީގައި ޤާއިމުކޮށްފައިވާ ހާފްވޭ ހައުސް ޖުވެނައިލް ރެސިޑެންޝިއަލް ޓްރީޓްމަންޓް ސެންޓަރު މިހާރު ހިންގުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އިހުސާން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ