ދެމަފިރިންގެ މެދުގައި ގުޅުން ގޯސްވެ އެއްވެސް ޙައްލެއް ނުފެނިއްޖެނަމަ، ވަރި ހުއްދަވާނެ ކަމަށާއި، އެހެންނަމަވެސް އަނބިމީހާ ބޭނުމެއް ނެތި ވަރިއަށް އެދުމަކީ ދީނުގައި ނަހީ ކުރައްވާފައިވާކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުޞާގެ މައުޞޫއަކީ “ވަރި” އެވެ. މި މައުޞޫގެ ދަށުން ހުތުބާގެ ފެށިއިރު ރާޢްޖޭގައި ވަރިކުރާ މިންވަރު ނިސްބަތުން ކަންބޮޑުވާންޖެހޭ މިންވަރަށް ގިނަކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފެމެލީ ކޯޓަށް ވަރިވުމަށް އެދި ތިން ހާސް އަށްސަތޭކަ ވިހި ވަރި ހުށަހަޅާފައިވާކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އަދި ދެހާސް އެކާވީހު ގައި އެގާރަ ސަތޭކަ ނުވަދިހަ ތިންވަރި، ދެހާސް ބާވީހުގައި ތޭރަ ސަތޭކަ ސާޅީސް ހަ ވަރި، ދެހާސް ތޭވީހުގައި ބާރަ ސަތޭކަ އައްޑިހަ އެއްވަރި ރަޖިސްޓްރީ ކުރެވިފައިވާކަމަށް ފެމެލީ ކޯޓުގެ މަޢުލޫމާތުތަކުން ދައްކާކަމަށް ހުތުބާގައި ވަނ ބުނެފައެވެ.
“މި މަޢުލޫމާތުތަކުން އެނގޭގޮތުގައި ޢާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، ޢާއިލީ ގުޅުންތައް ނުބޭއްވުމާއި، ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ޙައްޤުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާޢިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުން ހިމެނެއެވެ”[1]
ހުތުބާގައިވަނީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ޙާލަތުގައި، ކެތްތެރިވެ ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ބުނެފައެވެ.
ީރިތި މާތް ނަބިއްޔާ z ޙަދީޘް ކުރައްވާފައިވެއެވެ. (لَيْسَ الشَّدِيدُ باِلصُّرَعَةِ، إِنَّـمَا الشَّدِيْدُ الَّذِيْ يـَمْلِكُ نَفْسَهُ عِنْدَ الْغَضَبِ)[1] މާނައީ: “ވަރުގަދަ މީހާއަކީ އޮޅުލައި ގަދަވާ މީހާއެއް ނޫނެވެ. ނަމަވެސް ވަރުގަދަ މީހާއަކީ ރުޅިއަންނަ ހިނދު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާ މީހާކަން ކަށަވަރެވެ.”
[1] متفق عليه
ހުތުބާގައިވަނީ ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކޮށް، މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް، ދެމަފިރިން ދެމެދު ފަސާދަ ކުރާކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ޢާއިލާތައް ބިކަވެ މައިން ބަފައިންގެ ލޯބިން ދަރިން، މަޙްރޫމުވާކަމަށާއި، ދެމަފިރިންގެ މެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ޙައްލު ކުރާނީ އެދެމަފިރިން ނުވަތަ ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާ ކޮށްގެން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ކީރިތި މާތް ނަބިއްޔާ z ޙަދީޘް ކުރައްވާފައިވެއެވެ. (لَيْسَ مِنَّا مَنْ خَبَّبَ اِمْرَأَةً عَلَى زَوْجِهَا)[1] މާނައީ:” އަންހެނަކު އޭނާގެ ފިރިމީހާއާ ދެކޮޅަށް އަނބުރާލާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ.” މާތް الله އަހަރެމެންގެ ގޯތި ގެދޮރާއި ދަރިން ދެކޮޅުވެރިކަމާއި ފަސާދަ އިން ރައްކާތެރިކޮށް ދެއްވާނދޭވެ! އެކަލާނގެއީ ފާފަ ފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.
[1] أخرجه أبو داود ٢١٧٥ واللفظ له، والنسائي 9170 في السنن الكبرى ٩٢١٤،أحمد ٩١٥٧
މިހާރު އެކަނި ވެރި މައިންނަށް 12000ރުފިޔާ ދެކޮޓަރީގެ ފުލެޓް ދޭވާހަކަ ބުނީމަ އަންހެން ވެރިން ކިހާވަރަކަށް ތިކަމާ އުޅޭނެ.