ސަރުކާރުގެ އަމާޒަކީ ގާނޫނުއަސާސީގެ ހުދޫދުގެ ތެރެއިން ހުރިހާ ފަރާތްތަކަށް ވެސް އެއްވެ އުޅުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުންކަމަށް އީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
އީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހީނާ ވަނީ އާ މަޖިލިސް ފެށިގެންދާއިރު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހުތައް ހުށަހެޅުމުގެ ވިސްނުން ސަރުކާރުގައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ހީނާވަނީ ސިޔާސީ ގޮތުން އެއްވެސް މީހެއްގެ ގައިގައި ހިފާކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.
މިހާރު ގާނޫނު އޮންނަގޮތުން ހުއްދަ ނުނަގައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅައި އިއުލާން ކުރާ ތަންތަނުގައި އެކަންޏެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަނޑައަޅާފައި ވަނީ ހުއްދަ ނުނަގައި އެއްވެވޭނި ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށެވެ.
އޭރު ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށް ރައީސް ސޯލިހު 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެވަޑައިގަތެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރު، ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅިފައި އޮތް ނަމަވެސް ވެސް އެ ގާނޫނު އިސްލާހުކޮށްފައެއް ނުވެ އެވެ.