ޗައިނާގެ މަގުބޫލު މޮބައިލް އެޕް ވެއިޝިން ޕޭ (ވީޗެޓް ޕޭ) ތައާރަފް ކުރުމަކީ އެޤައުމުގެ ފަތުރުވެރިން ރާއްޖެ އައުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ބީއެމްލުން ވީޗެޓް ޕޭ ތައާރަފް ކޮށްފައިވާ ޓްވީޓް، ރި ޓްވީޓް ކުރައްވަމުން މިނިސްޓަރ ފައިސަލް ވަނީ މި ފިޔަވަޅުގެ ސަބަބުން ޗައިނާގެ ދަތުރުވެރިންނަށް މިހާރު އުނދަގުލަކާއި، ހިިތްފަސޭހަ ކަމާއެކު ރާއްޖޭގައި އުޅެވޭނެކަމަށެވެ.
ބީއެމްއެލުން ވަނީ ވީޗެޓް ޕޭ ކިއުއާރު ޕޭމަންޓްތައް ވިޔަފާރިތަކަށް މިހާރު ފައިސާ ބަލައިގަނެވޭނެ ކަމަށް ބުނެފައެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.
މި ހިދުމަތް ފަށާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީފްރީގައި ހިމެނޭ ވިޔަފާރިތަކުންނެވެ.
ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނޭވޭ ގޮތަށް ހަމަޖެހިގެން ދިޔުމާއެކު، ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދެގައި ގާއިމުވެފައިވާ ވިޔަފާރިއަކަށްވެސް ފައިސާދެއްކޭނެ އެވެ.