ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިގޮތަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި ނޫރުއައިން މުހައްމަދު އަލީ ޖަނާހު އެ ކުންފުނިން ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގައި ބާއްވާ ހަރަކާތްތަކަށް ނުގެންދިއުމަށް ފައިސަލް އެންގެވި ކަމަށް ބުނެ ޓީވީ ޗެނަލަކުން ފެތުރި ދޮގު ހަބަރަށް ރައްދު ދެއްވާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ފައިސަލް ވިދާޅުވީ މިއީ ޗެނަލް13 ގައި ލިޔެފައިވާ ރޯބުހުތާނު ދޮގެއް ކަމަށާއި ޒާތީވެ ބުލީކޮށްގެން ފަހަތަށް ނުޖެއްސުމުން ބޮޑެތި ދޮގު ވާހަކަތައް ފަތުރައިގެން ފަހަތަކަށް ނުޖެއްސޭނެ ކަމަށެވެ.
“ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީގެ ލީޑަރޝިޕްގައި ތިބި ފަރާތްތަކާއިމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް. އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިތިބީ ރައީސް މުއިއްޒުގެ ތަސައްވަރުގައިވާ އިންގިލާބީ ހެޔޮ ބަދަލުތައް މި ސިނާއަތަށް ގެނެސްދިނުމަށް “ ފައިސަލް ވިދާޅުވެފައިވެއެވެ.
އަދި ކުރިއަށް އޮތް އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައިވެސް ނޫރައިން ބައިވެރިވާނެ ކަމަށާއި އިންތިޒާމްކޮށް ރޭވިގެން އެ ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ ކަނބަލުންނަށް ޓާގެޓްކޮށްގެން މިފަދަ ދޮގު ވާހަކަތައް ފަތުރައިގެން އެކަނބަލުންގެ އަޒުމް ބަލިކަށި ނުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ކެނެރީގޭ ބުއްޅަބޭ ހެދި ގޯސް ރައީސް ޔާމީނު ހަދާނަމަ ސިޔާސީ ކުރިމަގެއް ނެތް.. މަލީހާއި ޖަމީލަކީ ރައްޔިތުންގެ އިތުބާރު ގެއިފައިވާ މީހުން.