test
- Advertisement -ad image

މޫދުގައި އުޅެނިކޮށް ކޮޅިގަނޑެއްގައި ޖެހުނު ކުދިންތަކެއް ސަލާމަތް ކުރީ ސްޓެލްކޯ މުވައްޒަފުން

ad image

ގުޅުންހުރި ލިޔުންތައް


އއ. ތޮއްޑޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ކުދިންތަކެއް ސްޓެލްކޯގެ މުވައްޒަފުންތަކެއް ކުރި މަސައްކަތުން މިއަދު ސަލާމަތްކޮށްފިއެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، އިއްޔެ ހަވީރު ކޮޅިގަނޑެއް އައި ވަގުތު ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް ސްޓެލްކޯ މުވައްޒަފުން އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެހީތެރިވެދީފައިވާ ކަމަށެވެ. ކޮޅިގަނޑުގައި ޖެހުނީ ކިތައް ކުދިން ކަމެއް ސާފެއް ނޫނެވެ.

ކޮޅިގަނޑުގައި އެ ރަށަށް ލިބުނު ބައެއް ގެއްލުންތައް ސަލާމަތް ކުރަން ވެސް މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ

“ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށް ވެސް މި ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި،” ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ތިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ