ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި މުހައްމަދު އަލްސަން ޕީއެންސީ އަށް ސޮއިކުރައްވައިފިއެވެ.
އަލްސަން ސޮއިކުރެއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އަލްސަން ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ.
އަލްސަންއާއެކު 20 ވަނަ މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވާނެއެވެ.
20 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރައްވާނީ މިމަހުގެ 28ވާ އަންގާރަ ދުވަހުއެވެ.