މި ދުވަސްވަރަކީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސްވަރަކަށް ވުމުން, އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ދަންފަޅި ކުރުކޮށް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
ދަންފަޅިކުރުކުރަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވަނީ ދަންފަޅި ކުރުކުރަން އެންގީ މޫސުން ގޯސްވެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުވާން ދަތިވާ ހާލަތުގައި އެ ކުދިންނަށް ގެއްލޭ ފިލާވަޅުތައް މަދުކުރުމަށް ޓަކައި ކަމަށެވެ.
އަދި މެއި 26, 27 އަދި 28 ގައި ސުކޫލުތަކުގެ ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ވަނ ީދަންފަޅި ކުރުކުރާ ދުވަސްތަކުގައި، ސްކޫލުތަކުން ދަރިވަރުންނަށް ޚާއްސަކޮށްގެން އިހްތިރާމްކުރުމާއި، ދުޅަހެޔޮކަމާއި ރައްކާތެރިކަމުގެ އިތުރުން ހަނގާކުުރުމާ ދެކޮޅަށް އަމާޒުކުރެވިގެން ޕްރޮގްރާމްތަކެއް ހިންގައިދިނުމަށް އަންގައިފައެވެ.