ރައްޔިތުންގެ މަޖިލީހާ ސަރުކާރާ ޖެހޭކަށް ޖާގައެއް ނުދެއްވާނެ ކަމަަށާއި މަސައްކަތްކުރާނީ ސަރުކާރާ އެކީގައި ގުޅިގެން ކަަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވެ ޕާޓީއާއި ސަރުކާރު ހިންގޭނެކަމުގެ ސައްތަ އިންސައްތަ ޔަޤީންކަން އެބައޮތްކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ 20 ވަނަ މަޖިލިސް ވާނީ ރައްޔިތުންގެ އިހްތިރާމާއި ލޯބި ލިބިގެންވާ މަޖިލީހަކަށް ކަމަށެވެ. ރައްޔިތުންގެ މެދުގައި މަޖިލީހާ މެދު ގެއްލިފައިވާ އިތުބާރު ހޯދައި ދޭނީ އަންނަ އަންގާރަ ދުވަހު ހުވާކުރާ މަޖިލީހުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ އުއްމީދުތަކާއި ތާއީދު މި ސަރުކާރަށް އެބައޮތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ސުޕާމެޖޯރިޓީ ސަރުކާރަށް ރައްޔިތުން ދިނީ އެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށް ކަމަށެވެ.
އެހެންކަމުން އެހެންކަމުން ސަރުކާރާއި ގުޅިގެން މަޖިލީހުގެ ހުރިހާ މަސައްކަތެއް ކުރިޔަށް ގެންގޮސް ރައީސް މުއިއްޒަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.