އާއިލާއަށް ހަބަރެއް ނުވެގެން 14 އަހަރުގެ އަންހެން ކުއްޖަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ތ. މަޑިފުށި / ނައިޓްރޯސް، ޢާއިޝަތު ޒޯޔާ ފިކުރީ (14އ) މިހާރު ދިރިއުޅޭ އެޑްރެސް: ވ. ނާލިސް، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޢާއިޝަތު ޒޯޔާ ފިކުރީ އެންމެ ފަހުން ފެނިފައިވަނީ މެއި 21 ވަނަ ދުވަހު، އެކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.
ޢާއިޝަތު ޒޯޔާ ފިކުރީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ 9790083 އަށް ގުޅުއްވައި ހިއްސާކުރުމަށް ވެސް ފުލުހުން އެދެއެވެ.