ވިހިވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ފަށަން ތާވަލުކޮށްފައިވަނީ ހެނދުނު 9:00 އެވެ. މި ރަސްމިއްޔާތަށްފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާ ޖަލްސާ 10:15 އަށް ތައާވަލުކޮށްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ.
މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތީން، ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު ކަމަށެވެ.
މަޖިލީހުގެ ރައީސް އިންތިޚާބުކުރާނީ އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓު ނެގުމަށްފަހު ވޯޓު ގުނުމަށް ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލާނެއެވެ. މި ފަސް މެންބަރުން ކަނޑައެޅުމުގައި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނުމަށް މަޖިލީހުގެ ގަވާއިދު ބާރު އަޅައެވެ.


މާދަމާ މަސައްކަތް ފަށާ 20 ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މެންބަރުން ދާއިރާތައް ތަމްސީލު ކުރާ މަޖިލީހެވެ. އެގޮތުން 93 މެންބަރުން
ހިމެނިވަޑައިގަންނަވައެވެ.