ހައްޖާޖީންގެ ފުރަތަމް ގްރޫޕް މާދަމާ ސައުދީ އަރަބިއްޔާ އަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ހައްޖު މިޝަނުން ބުނެފިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ. ޙައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ 31 ވަނަ ދުވަހާއި އަންނަ މަހުގެ 3 އަދި 5 ވަނަ ދުވަހުގެ މެންދުރު ފަހުގެ ފްލައިޓެވެ.
ހައްޖު މިޝަނުން ބުނީ މާދަމާ ފުރާ ފުރަތަމަ ގްރޫޕްގައި ގްރޫޕްގައި ޖުމްލަ 298 ހައްޖާޖީން ފުރާނެ ކަމަށެވެ. އަދި ދެވަނަ ގްރޫޕް 353 ހައްޖާޖީންނާ އެކީ ފުުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ގައި ފުރާއިރު، ތިން ވަނަ ގްރޫޕް 339 ހައްޖާޖީންނާ އެކީ ފުރާނީ އަންނަ މަހުގެ 7 ގައި ކަމަށް ބުނެފައިވެއެވެ.
މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ޙައްޖު ކޯޓާއެއް ވެސް ދީފައިވަނީ ސަރުކާރުން ހިންގަމުން އަންނަ ޙައްޖު ކޯޕަރޭޝަނަށެވެ.
އަދި ސަރުކާރުގެ ހަރަދުގައި ހިލޭ މި އަހަރު 100 ފަގީރުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭން އޮތީ ނިންމައިފަ އެވެ.