test
- Advertisement -ad image

މި ދުވަސްކޮޅު ގިނަ އަދަދެއްގެ ހައްޖުވެރިން ފުރާނެތީ، ދުރާލާ އެއާޕޯޓަށް ދިއުމަށް ފުލުހުން އެދެފި!

ad image

ގުޅުންހުރި ލިޔުންތައް

ގިނަ އަދަދެއްގެ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާތީ އެއާޕޯޓުގެ ތޮއްޖެހުމާއި ޓްރެފިކް ބާރުވެސް ބޮޑުވާނެކަމަށް ލަފާކޮށ،ް ދުރާލައި ދަތުރަށް ތައްޔާރުވެގެން އެއާޕޯޓަށް ދިއުމަށް ފުލުހުންގެ ހިދުމަތުން އެދިއްޖެ އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ މޭ 31 ޖޫން 3، 7، އަދި 10، މި ދުވަސްތަކުގައި އެއާޕޯޓުގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ލަފާ ކުރެވޭކަމަށެވެ.

ފުލުހުން ވަނީ މިކަމާ ގުޅިގެން އެއާޕޯޓުގެ ޓްރެޕިކް ފްލޯ އޮމާންކަމާއެކު ކުރިޔަށް ގެންދިޔުމަށް އިތުރު ފުލުހުން އެ ދުވަސްތަކުގައި އެއާޕޯޓު ސަރަހައްދުގެ ޓްރެފިކް ބަލަހައްޓަން ނެރޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ހައްޖުވެރިންގެ އިތުރުން މި ދުވަސްތަކުގައި ފުރަން ދާ އިތުރު ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުންވެސް ކުރިޔާލާ ދަތުރަށް ތައްޔާރުވެ ކުރިން އެއާޕޯޓަށް އައުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ.

ހައްޖުވެރިން ފުރުވަން އައްނަ އާއިލާތަކާއި އަދި އެއާޕޯޓަށް ދާ އެއްގަމު އުޅަނދުތައް ދުއްވުމުގައި ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިންވަނީ އެދިލައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ