Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ތިން މަސް ތެރޭގައި ގޯތިތައް ހަވާލު ކުރަން ލާޒިމްވާ ބިލު މަޖިލީހުން ބޭރުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

ގޯތި ލިބިފައިވާ ފަރާތްތަކަށް ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލު ކުރަންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް އަވަސް އަރުވާލައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރީ ނުހިއްކާ އޮތް ފަޅުންނާއި، ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ސަރަހައްދުތަކުންނެވެ. އޭގެ ތެރެއިން ބައެއް ސަރަހައްދުތައް އަދިވެސް ހިއްކާ ނުނިމެ އެވެ.

ބިމާބެހޭ ޤާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. 19 ވަނަ މަޖިލިސް ނިމެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް މި ބިލު ފާސްކޮށް ތަސްދީގު ކުރުމަށް ފޮނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި ރައީސް އެދިވަޑައިގެން، މި ބިލު ތަސްތީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާފައިވަނީ މޭ 16 ވަނަ ދުވަހުއެވެ.

މިމައްސަލައިގެ ބަހުސް ކުރިއަށް ގެންގޮސް މިއަދު ވަނީ އެބިލު ކޮމިޓީއަށް ފޮނުވަން ފެނޭތޯ ވޯޓަށް އަހައިފަ އެވެ. އެގޮތަށް ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވި އެވެ. ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

މީކާއިލް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާއަކުން ގޯތި ހަވާލުކުރަންވާނެ ކަމަށެވެ.

އަދި މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށްފަހު ހަވާލުކޮށްފައިނުވާ ގޯތިތައް މި ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ ހަވާލުކުރަންވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މީކާއީލް.ކޮސްގޮވުން ހުއްޓާލަ ބަލަ ނުހިއްކާ އޮތް ފުން ފަޅެއްގަ ކިހިިނެއްތަ ކަޑަ ޖަހާނީވެސް ތިމާމެން ހޭވި ހަޑި އެހެން ބައެއްގެ ބޮލުގަ އަޅުވަން ނޫޅޭތި

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ