މިއަހަރުގެ އަހަރު ހައްޖުގެ އަޅުކަމުގައި އެވްރެޖްކޮށް ފިނިހޫނުމިން 44 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ސައުދީ އަރަބިޔާއިން ބުނެފިއެވެ.
ނޭޝަނަލް މީޓިއޮރޮލޮޖީ ސެންޓަރުގެ ޗީފް އައިމަން ގުލާމް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިއަހަރު ހައްޖުގެ ދުވަސްވަރު މައްކާ އާއި މަދީނާގެ އެވްރެޖް ފިނިހޫނުމިން އެހެން ދުވަސްތަކަށްވުރެ 1 1/2 ޑިގްރީ އާއި 2 ޑިގްރީއާ ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި އަންދާޒާއިން ދޭހަވަނީ އެއްވެސް ވަރަކަށް ވާރޭވެހުމުގެ ފުރުސަތެއް ނެތްއިރު، އެވްރެޖްކޮށް ހޫނުމިން 44 ޑިގްރީގައި ހުންނާނެ ކަމަށެވެ.
ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ޙައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 179,210 ގިނަ ހައްޖާޖީން މައްކާއަށް ދަތުރުކުރާނެއެވެ. މިދިޔަ އަހަރުވެސް ހައްޖުގެ އަޅުކަމުގައި 1.8 މިލިއަނަށް ވުރެ ގިނަ މުސްލިމުން ބައިވެރިވެފައިވެއެވެ.
މިދިޔަ އަހަރު ހައްޖު މޫސުމުގައި ހޫނުމިން 48 ޑިގްރީ ސެލްސިއަސްއަށް އުފުލުމާއި ގުޅިގެން 2،000 އަށް ވުރެ ހައްޖުވެރިންނަށް ވަނީ ހީޓް ސްޓްރޯކް ފަދަ ކަންކަން ކުރިމަތިވެފައެވެ.
ހޫނުގަދަވުމުގެ އަސަރު ކުޑަކުރުމަށް ސައުދީގެ އޮފިޝަލުން ފިޔަވަޅުތައް އަޅަމުންދާއިރު، އޭގެ ތެރޭގައި އެއާކޮންޑިޝަން ޓެންޓުތައް ފޯރުކޮށްދިނުމާއި މިސްޓިން ސިސްޓަމްތައް ހިމެނެ އެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުލާމް ވިދާޅުވީ ފިނިހޫނުމިން އިތުރުވަމުންދާއިރު ދުވާލެއްގެ މައްޗަށް ބޭނުންކުރާ މިންވަރު ކަވަރުކުރުމަށް އެކަށީގެންވާ މިންވަރަށް ފެން ބޭނުންވާ ކަމަށެވެ.
އަދި ހައްޖުވެރިންނަށް ބޭނުންވާ ކާބޯތަކެތި ގެންދަން ޖެހޭނީ އެތަކެތި ހަލާކު ނުވާނެ ގޮތަށް ފްރިޖްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.