test
- Advertisement -ad image

5 އަހަރު ތެރޭ ސްޓެލްކޯއިން 5 ލައްކަ ގަސް އިންދަން އަމާޒުހިފައިފި

ad image

ގުޅުންހުރި ލިޔުންތައް

ފަސް އަހަރުތެރޭ ސްޓެލްކޯ އިން 500،000 ގަސް އިންދުމަށް ނިންމައިފި އެވެ.

ސްޓެލްކޯ އިން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ރާއްޖޭގައި 5 އަހަރުން 5 މިލިއަން ގަސް އިންދުމަށް އެމަނިކުފާނު މިއަދު ފައްޓަވައިދެއްވި މަޝްރޫޢުގައި ބައިވެރިވެ ކުރިއަށް އޮތް 5 އަހަރު ގަސް އިންދުމުގެ ޙަރަކާތް ހިންގުމަށް ސްޓެލްކޯއިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ސްޓޭލްކޯއިން މަދުވެގެން 500،000 ގަސް އިންދުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގަވާނެކަން ރައީސް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ޔޫއޭއީގައި އޮތް “ކޮޕް28” ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ