test
- Advertisement -ad image

މަޖިލީހުގެ ޕީޖީ މުވައްޒަފުން ހަމަޖެއްސުމުގެ އުސޫލު ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، މައިނޯރިޓީ ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އުސޫލު ފާސްކޮށްފި އެވެ.

މަޖިލީހުގެ އާންމު ކޮމިޓީގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ މި އުސޫލުގައިވާ ގޮތުން ޕާލަމަންޓްރީ ގްރޫޕުތަކުގެ ތެރެއިން 10 މެންބަރުންނަށްވުރެ ގިނަ މެންބަރުން ހިމެނޭ ގްރޫޕުތަކަށާއި މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރަށް މުވައްޒަފުން ހަމަޖައްސަންޖެހެއެވެ. 

އެގޮތުން 11 މެންބަރުންނާއި 20 މެންބަރުންނާ ދެމެދުގެ އަދަދަކަށް މެންބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕަކަށް 2 މުވައްޒަފުން ކަނޑައަޅަން ޖެހޭއިރު، 30 މެމްބަރުންނަށްވުރެ އިތުރަށް ތިނޭ ޕާލަމެންޓްރީ ގްރޫޕްތަކަށް 4 މުވައްޒަފުން ލިބޭނެއެވެ.

20 ވަނަ މަޖިލީހުގައި 75 މެމްބަރުންނާއެކު މެޖޯރިޓީގެ ގޮތުގައި އޮތީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕެވެ. ދެން އޮތީ 12 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕެވެ.

އެހެންކަމުން އެހެންކަމުން މި އުސޫލުގެ ދަށުން ޕީއެންސީގެ ޕީޖީއަށް 4 މުވައްޒަފުން އަދި އެމްޑީޕީގެ ޕީޖީއަށް 2 މުވައްޒަފުން ލިބޭނެއެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އައު މަޖިލިސް ހުވާކުރުމާއެކު މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕުތަކަށް މުވައްޒަފުން ހަމަޖެއްސުމުގެ އުސޫލު ފާސްކުރަންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ