test
- Advertisement -ad image

އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ: ޝަކީލް

ad image

ގުޅުންހުރި ލިޔުންތައް

އެއްވެސް ފަރާތަކަށް ހައްޖު ކިއުއަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އޭނާ މިގޮތަށް ވިދާޅުވީ، ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވި މީހުންގެ ތެރޭގައި ފަގީރުންގެ ލިސްޓުގައި ނުހިމެނޭ މީހަކަށް ވެސް ޖާގަ ލިބުނު ކަމަށް ވާހަކަ ދެކެވެމުންދާ މި ދަނޑިވަޅުގައި ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށެވެ. އަދި މި އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ހުރިހާ ހައްޖާޖީން ވެސް މައްކާއަށް ގޮސްފައިވާ ކަމަށާއި އަދި ހުރިހާ ހައްޖާޖީންވެސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާ ކަމަށް ޝަކީލު ވިދާޅުވި އެވެ.

“އަދި 1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ މީހުންގެ ތެރެއިން އެހީތެރިންގެ ގޮތުގައި އަންނަ ހައްޖު ކޯޕަރޭޝަންގެ 3 މުވައްޒަފުން ފިޔަވާ ހުރިހާ ހައްޖުވެރިން މައްކާއަށް އައިސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފި. ٱلْحَمْدُ لِلَّٰهِ” ޝަކީލްގެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.

މި އަހަރު ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ. މި އަހަރު ދިވެހި ހުރިހާ ހައްޖާޖީން ވެސް ހައްޖަށް ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ހައްޖު ކޯޓާގެ ތެރެއިން 50 ޖާގަ ސަރުކާރުން ވަނީ ނިކަމެތި ފަގީރުންނަށް ހާއްސަކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ