test
- Advertisement -ad image

ހޮނިހިރު ދުވަހުގެ ވަކި ވަގުތަކަށް ހުޅުމާލެ ޗެނަލް ސަރަހައްދު  ބަންދުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޭނުމަކަށް ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ޗެނަލް ބަންދުކުރަން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ ބޭނުމަކަށް ހުޅުމާލެ ޗެނަލް/ކޯރު ސަރަހައްދު 15 ޖޫން 2024 (ހޮނިހިރު) ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 14:00 އަށް ބަންދު ވާނެ ކަމަށެވެ.

އެ ގަޑީގައި އެ ސަރަހައްދުގައި ޖެޓްސްކީ ދުއްވުން، މޫދަށް އެރުން، ޑިންގީ ދުއްވުން އަދި އެ ސަރަހައްދަށް ވަނުން މަނާ ވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ސަރަހައްދު ބަންދުކުރަނީ އެ ކުންފުނީގެ މަސައްކަތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ ސަރަހައްދު ބަންދުކުރަން ނިންމީ އާންމުންނާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ސަރަހައްދު ބަންދު ކުރަނީ ކޮން މަސައްކަތެއް ކުރަން ކަމެއް އެޗްޑީސީން ބުނެފައި ނުވާއިރު އެ ސަރަހައްދަކީ އާންމު ގޮތެއްގައި މީހުން މޫދު އެރުމުގެ އިތުރުން ޑިންގީ ވެސް ދަތުރު ކުރާ ސަރަހައްދެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ