ޢީދު ބަންދާއި ދިމާކޮށް ރަށްރަށުން ތަންތަން ކުއްޔަށް ދިނުމުގެ ނަމުގައި ސްކޭމްތަކެއް ހިންގަމުންދާކަމަށް ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެ އެވެ.
އަންނަ އާދިއްތަ ދުވަސް އަޞްހާ ޢީދަށް ވާއިރު، މިއަހަރުގެ ޢީދު ކުލަގަދަކޮށް ޜާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއެކު ގިނަ ބަޔަކު މިހާރުއްސުރެން ފެށިގެން ދަނީ ރަށްރަށަށް ދިއުމަށް ޓިކެޓް ނަގައި ހުންނާނެ ތަންތަން ކުއްޔަށް ނަގަމުންނެވެ.
އެހެންނަމަވެސް ފުލުހުން ވަނީ މިގޮތަށް ކުއްޔަށް ތަންތަން ދޫކޮށްފައި ހުރިއިރު ބައެއް ރަށްރަށުގައި ނެތް ތަންތަން ބުކިންގ ސައިޓްތަކުގައި ޕޯސްޓްކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިހާތަނަށް ފުލުހުންގެ ސަމާލުކަމަށް މިހާތަނަށް އައި ޕޯސްޓްތައް ވަނީ ރިޕޯޓް ކުރެވި ޕޯސްޓް ރިމޫވް ކުރެވިފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ އެެއްވެސް ރަށެއްގެ ގެއެއް ނުވަތަ ރޫމެއް ރިޒާވް ކުރާނަމަ އެރަށުން އިތުބާރުކުރެވޭ ފަރާތެއްގެ އެހީތެރިކަން ހޯދުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.