ހައްޖު ކޯޕަރޭޝަން ހަވާލުގައި މައްކާގައި ހުރި ހައްޖުވެރިއަކަށް ސިއްހީ ކުއްލި ހާލަތެއް ދިމާވެގެން ފަރުވާދޭން ފަށައިފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ އެ ކޯޕަރޭޝަން ހަވާލުގައި މައްކާގައި ހުރި ހައްޖުވެރިއަކަށް ސިއްހީ ކުއްލި ހާލަތެއް ދިމާވުމާއި ގުޅިގެން ސައުދީއަރަބިއްޔާގެ މެޑިކަލް އިމަޖެންސީ ސެންޓަރެގައި ފަރުވާ ދިނުމަށްފަހު މިހާރު ހައްޖުވެރިޔާ ކިންގް އަބްދުލްއަޒީޒް ހޮސްޕިޓަލަށް ބަދަލުކޮށް އެޑްމިޓް ކުރެވިފައިވާ ކަމަށެވެ. އަދި ހައްޖުވެރިޔާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރު ވަނީ މައުލޫމާތު ދެއްވާފައި ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.



