test
- Advertisement -ad image

ގައުމީ ޚިދުމަތުގައި ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ސާބިތުކަމާއެކު ދެމިހުންނާނަން: ޑރ.ޝަހީމް

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: އަހުމަދު ޝަބީން

ގައުމީ ޚިދުމަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމަށް ފާސްކުރި މި ސަރުކާރުގެ ތިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ސްޕަރމެޖޯރިޓީ އޮތް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމަށް ފާސްކުރީ ޑރ.ޝަހީމްގެ އިތުރުން ބަންޑާރަނައިބު އަޙްމަދު އުޝާމާއި ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިން މިނިސްޓަރުންނަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ޑރ.ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް 83 މެންބަރުން ވޯޓުދެއްވިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވަނީ އެމަނިކުފާނަށް ދެެއްވި އިތުބާރަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ. އަދި
ގައުމީ ޚިދުމަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

”އަޅުގަނޑަށް ދެެއްވި އިތުބާރަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވަން. އިސްލާމީ ގައުމީ ޚިދުމަތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސާއި ރައްޔިތުންނަށް އަރުވަން.”

މީގެއިތުރުން ކުރެއްވި ޕޯސްޓެއްގައި ޑރ.ޝަހީމް ވަނީ, ގައުމީ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ރުހުން ދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ވަކިން ޚާއްސަކޮށް މަޖިލިސް ރައީސް ޢަބްދުއްރަޙީމް އާއި ޕީއެންސީގެ ޕީޖީ ލީޑަރާއި ޕާލަމެންޓްރީ ގްރޫޕަށް ޝުކުރު އަދާކުރައްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ