Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ޖޭއެސްސީ ބަދަލުކޮށް, މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަނީ

ad image

ގުޅުންހުރި ލިޔުންތައް

ގާނޫނުއަސާސީއަށް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ އިސްލާހުތަކުގެ ކުރީގައި ހިމެނެނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލުކުރުމާގުޅޭ އިސްލާހުކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގައި ޖުމްލަ 37 ބިލެއް ފޮނުއްވަން ސަރުކާރުން ވަނީ ނިންމަވައިފައެވެ. އޭގެތެރޭގައި ގާނޫނުއަސާސީ އިސްލާހުކުރުމާގުޅޭ ބިލެއް ހިމެނެއެވެ.

އެގޮތުން އެ ބިލުގައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއި މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުން ހިމެނެއެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ މީގެއިތުރުން ވެސް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިތުރު އިސްލާހުތަކާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި އިދާރާތަކުން މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރައްވައެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިދިޔަ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. ނަމަވެސް އެ ވައުދު ފުއްދައިފައެއް ނުވެއެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް 19 ވަނަ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ހުށަހެޅުއްވި ބިލުތައް ވެސް އެމްޑީޕީގެ ސްޕަރމެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލީއެވެ.

ނަމަވެސް ވެރިކަން ނިމެން ގާތްވުމުން ޖޭއެސްސީ އިސްލާހު ކުރުމުގެ ނަމުގައި ބިލެއް އޭރުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ގދ.ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޖުޑީޝަރީއަށް އަތްބާނައި ނުފޫޒު ފޯރުވުން ނިންމުމަކަށް ގެންނަވާނެ ކަމަށާއި ޖުޑީޝަރީ މިނިވަންކޮށްދޭނީ ހަގީގީ މާނައިގައި ކަމަށެވެ.

އެގޮތުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ސިޔާސީ މީހުން މަދުކޮށް ޝަރުއީ ދާއިރާގެ މީހުން ގިނަކޮށް ހަގީގީ ގޮތުގައި ޒިންމާދާރު ޖޭއެސްސީ އަކަށް ހައްދަވާނެ ކަމަށާއި ޖޭއެސްސީން ކުރަން ނުޖެހޭ މަސައްކަތްތައް އިދާރީ މަސައްކަތްފަދަ ކަންކަން އެއިން ނަގައި އެކަން ކުރަން ކަނޑައަޅާފައިވާ ޑިޕާޓްމަންޓަށް ބަދަލުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުން ހުށަހަޅުއްވާ އިސްލާހުގައި މި ކަންކަން ހިމަނުއްވައިފައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ މައްސަލައަށް ބަލާއިރު 19 ވަނަ މަޖިލީހުގައި ވެސް އެކަމާ ގުޅޭ ބިލުތައް ހުށަހެޅި މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

2008 ގެ ފަހުން މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބުކުރަން 04 އިންތިޚާބެއް ބާއްވާފައިވާއިރު ކޮންމެ ފަހަރަކު ވެސް މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން ބަލާއިރު 17 ވަނަ މަޖިލީހަށް 77 މެންބަރުން އިންތިޚާބުކުރިއިރު 18 ވަނަ މަޖިލީހަށް 85 މެންބަރުން އަދި 19 ވަނަ މަޖިލީހަށް 87 މެންބަރުން އިންތިޚާބުކުރިއެވެ. މިހާރު މި ފެށުނު 20 ވަނަ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 93 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ