ސްޓެލްކޯގެ ފަރާތުން “ފަލަސްތީނާ އެކު ދިވެހިން”ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް ބައި މިލިޔަން ރުފިޔާ ހަދިޔާކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްތީނަށް އެހީތެރިވުމަށް ހާއްސަ ގައުމީ ޓެލެތޯންއެއް ފެށީ މިއަދެެވެ.
ސްޓެލްކޯގެ ފަރާތުން ފޯރުކޮށްދިން މި އެހީއާ ޕީއެސްއެމްގެ ފަރާތުން ހަވާލުވީ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު އެވެ.
މި އެހީއަކީ ފަލަސްތީނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގެ ދަށުން ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން ހިމެނޭހެން ދެވުނު އެހީއެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މީގެ އިތުރުންވެސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް އެކި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި ޓެލެތޯންގެ ފަންޑު ފޮށިތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓަން ނިންމާފައި ވެއެވެ. އަދި މި ޓެލެތޯނަށް ހާއްސަ ދެ އެކައުންޓް އެކައުންޓް ނަމްބަރަށް ފައިސާ ވެސް ޓްރާންސްފާ ކުރެވޭނެ އެވެ. އެގޮތުން ފައިސާ ފައިސާ ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ މި 7730000655866 އެކައުންޓަށެވެ.



