- Advertisement -ad image

ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ad image

ގުޅުންހުރި ލިޔުންތައް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސްއިން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ ހެނދުނު ނުވަގަޑި ފަނަރައިން ފެށިގެން މެންދުރުފަހު ދެއަކަށެވެ. އެގޮތުން މިވަގުތުގައި ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވާޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ވެސް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސާރވިސް އިން ބުނެފައިވަނީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ދަތުރު ފަތުރު ކުރާ ފަރާތްތަކުން މިކަން ކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ