ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
އެޗްޑީސީއިން ބުނިގޮތުގައި އެ އުޅަނދުތައް ބިން ހިއްކާ ސަރަހައްދުން ނަގަން އަންގާފައިވަނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ އާއި، އެ މަސައްކަތުގެ ތެރެއިން އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުންނެވެ.
އެޗްޑީސީއިން ކުރި އިއުލާނާއެކު ވަނީ ކަނޑު އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު ދައްކުވައިދޭ ޗާޓެއްވެސް ޢާންމުކޮށްފައެެވެ. އަދި ބިން ހިއްކާ ސަރަހައްދު ފާހަގަވާގޮތަށް އެ ކޯޕަރޭޝަނުން ވަނީ އެ ސަރަހައްދުގައި ރަތްކުލައިގެ ސިލްޓް ސްކްރީންއެއް އަޅާފައެވެ.
ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑު އުޅަނދުތައް 23 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 00:00 ގެ ކުރިން ނެގުމަށްވެސް އެޗްޑީސީއިން އަންގާފައެވެ. އަދި އެ މުއްދަތުގެ ފަހުން އެއްވެސް އުޅަނދެއް އެ ސަރަހައްދުގައި އެޅުމަކީ މަނާކަމެއްކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.