އަޞްހާ އީދާއި ގުޅުވައިގެން ކ. ދިއްފުށީގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތައް ނިންމާލައިފި އެވެ.
ދިއްފުށީގެ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، އޭޑީޑީ އަދި ރަށުގެ އެހެނިހެން ޖަމިއްޔާތަކާއި ވިޔަފާރިވެރިން ގުޅިގެން ވަނީ ބޮޑު އީދުގެ ކުޅިވަރުތައް 6 ދުވަހަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައެވެ.








އެގޮތުން ހަވާއެރުވުމާއި، ސަގާފީ އެކި ކުޅިވަރުތަކުގެ އިތުރުން، ސްޓޭޖް ޝޯވ އާއި ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކެއްވެސް އެ ރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ދިއްފުށީގެ ރައްޔިތުން އެކީގައި މި އަހަރުވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދުވަނީ ކޮށްފައެވެ. އަދި ޢީދު ސަޔާއި އުޞްހިޔާ ކަތިލުމުގެ އިތުރުން ޢީދު ޖާފަތުގެ ނަމުގައިވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.


ޒަމާނުއްސުރެވެސް ދިއްފުއްޓަކީ ފޯރިގަދަކޮށް ޢީދު ފާހަގަކުރާ ރަށެކެވެ. އަދި މިއަހަރުވެސް ޢީދު ކުޅިވަރުތައް ބެލުމަށް އެ ރަށަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވެއެވެ. އަދި ލޯކަލް ޓޫރިޒަމަށް މަޝްހޫރު ދިއްފުށީގައި ތިބި ފަތުރުވެރިންވެސް ވަނީ ޢީދު ހަރަކާތްތަކުގައި ބައިވެރިވެފަައެވެ.



