ސްޓެލްކޯގެ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
މިއީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ޙިއްސާވުމަށް ސްޓެލްކޯއިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
މިފަދަ ދާއިރާތަކުން މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި ސްޓެލްކޯ އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި ޕްރޮގްރާމަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ވަނީ ވަރަށް ބޮޑުތަރުޙީބެއް ލިބިގެންގޮސްފައެވެ.
ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެކުންފުނިން ވަނީ ރާވާފައެވެ.
ސްޓެލްކޯއިން ބުނީ މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި އެކޔންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް ފަހުރުވެރިކަމާއިއެކު ޝުކުރުއަދާކުރާ ކަމަށެވެ.
މި ޕްރޮގްރާމްގައި ލޭ ހަދިޔާ ކުރުމަށް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވަނީ ވޮލަންޓިއަރކޮށްފައެވެ.