ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދަޢުލަތުގެ ކުންފުންޏެއްގެ ޙައިސިއްޔަތުން ސްޓެލްކޯއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމަށް މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށްޓަކައި މިއަހަރު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިކަމަށް އިޝާރާތް ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ގެ މި މުހިއްމު ނިންމެވުމަށް ފުރިހަމައަށް ތާޢީދުކޮށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ޤައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ދިވެހި ޤައުމު ދެކެ ލޯބިވާ ރައްޔިތެއްގެ ޙައިސިއްޔަތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ފަހުމީ ވަނީ އަރުވާފައެވެ. އަދި ހަމަ މިއާއިއެކު ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދަޢުލަތުގެ ކުންފުންޏެއްގެ ޙައިސިއްޔަތުން ސްޓެލްކޯއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަޤީންކަންވެސް ފަހުމީ ދެއްވިއެވެ.
ފަހުމީ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ކުރިއެރުމަށް ކުރަމުން މިގެންދާ މަސައްކަތުގައި ދާދި އަވަހަށް ކުލަޖެހިގެންދާނެ ކަމަށާއި މިކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

ފަހުމީ އެދެއްކެވި މިސާލުން ސަރުކާރުގެ ކުންފުނި ތަކުގަ ތިއްބެވި އިސްވެރިން މިސާލު ދައްކަވާ ފަހުމީއަކީ ގަދަ ލީޑަރެއް ސާބަސް ފަހުމީ ތިގޮތުގަ ދެމިހުންނެވުމައް އަޒުމު ކަޑައަޅުއްވާ
ހިންގުމުގެ ޚަރަދު ބޮޑުކަމުން ދަރާފަ އޮތް ކުންފުންޏަކުން ބިލް ކުރާވަރު ބޮޑުކޮށްގެން ނޫނިއްޔާ ސަރުކާރުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތެއް ނުއޮންނާނެ.