ފިސްކަލް ޒިންމާގެ ބިލާއެކެ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނު އުވިގެންދާނެ ކަމަށް ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހަށް ފިސްކަލް ޒިންމާގެ ބިލް ހުށަހަޅުއްވަމުން ނަސީމް ވިދާޅުވީ ލު ހުށަހެޅުމުގެ މަގްސަދަކީ އެކަށީގެންވާ ގޮތެއްގި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާ ގުޅޭ އާ ނިޒާމެއް ތައާރަފްކޮށް ދައުލަތުގެ ފިސްކަލް އެންމެހާ ކަންކަން ހިންގަނީ ފިސްކަލް ޑިސްޕްލިން ގާއިމް ކުރެވޭނެ ފަދައިން ދެމެހެއްޓެނެވި ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ކަށަވަރު ކުރުން ކަމަށެވެ.
އަދި ބިލުގައި ދައުލަތުގެ ފިސްކަލް ނިޒާމު ދެމެހެއްޓެނިވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ހިންގުމާއި ގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާން ކޮށްފައިވާނެކަމަށް ނަސީމް ވިދާޅުވިއެވެ.
މީގެއިތުރުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސްދުވަސް ހަމަވުމުގެ ކުރިން، އެ ރިޔާސީ ދައުރުގެ ފަސް އަހަރު ދުވަހުގެ މުއްދަތަށް އަމަލުކުރަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރެއް، މި ޤާނޫނާ އެއްކޮށްވާގޮތުގެ މަތިން އެކުލަވާލަންވާނެ ކަމަށް ބިލުގައި ބުނެފައިވާނެކަމަށްވެސް ނަސީމް ވިދާޅުވިއެވެ.
ދައުލަތުގެ ފިސްކަލް ޒިންމާއާ ގުޅޭ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު އިއްޔެ ވަނީ ދައުލަތުގެ ދަރަންޏާ ގުޅޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ.



