ހުޅުމާލޭގައި ހުންނަ ފިތުރޯނު ސްމަރޓް ޕާކިންގ ޖާގަ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވެހިކަލް ޕާކް ކުރުމަށް ބޭނުންވާ ފިތުރޯނު ސްމަރޓް ޕާކިންގ ޒޯން ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ތަރައްޤީކޮށްފައިވާ ކަމަށެވެ.
އަދި ފިތުރޯނު ސްމަރޓް ޕާކިންގ ޒޯނުން ތިން އަހަރަށް 11 ޕާކިން ޖާގަ ކުއްޔަށް ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފައެވެ.
އެޗްޑީސީން ބުނިގޮތުގައި މިކަމަށް އެދި ބީލަން ފޯމު ބަލައިގަތުން އޮންނާނީ 25 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި 14:00 އާއި ދެމެދު އެވެ. އަދި ބީލަން ފޯމު ހުޅުވުން އޮންނާނީ ހަމަ އެދުވަހުގެ 14:30 ގައި ކަމަށް ބުނެފައިވެއެވެ. ބީލަން ފޯމު ބަލައިގަތުމާއި ހުޅުވުން އޮންނާނީ އެޗްޑީސީގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައެވެ.
އަދި ބީލަން ހުށަހެޅުމާއި ގުޅޭ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.



