- Advertisement -ad image

ނަޝީދަށް ދިން ހަމަލާ: ހެކިލިބޭ ވަރަކުން އިތުރުމީހުންނަށް ދައުވާކުރާނެ: ޕީޖީ

ad image

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ހެކި ލިބޭ ވަރަކުން އިތުރު މީހުންނަށް ދައުވާ ކުރަމުންދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ހާދިސާ ހިނގިފަހުން ހެކި ލިބިއްޖެނަމަ އެ މައްސަލައެއްގައި ދައުވާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި މިމައްސަލާގައި ހެކި ހޯދުމާއި ހެކި ވަޒަންކުރުމާއި ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރު ކުރުމާއި މިހުރިހާ ކަމެއް ހިނގައިދިޔައީ ފުލުހުންގެ ތަހުގީގުޓީމުތަކާއި ޕްރޮސެކިއުޓަރުންގެ ޓީމާ އެއްކޮށް މަސައްކަތްކޮށްގެން ކަމަށެވެ.

މީގެ އިތުރުންވެސް މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާ ކުރެވިފައި ނެތުމަކީ އޭނާގެ މައްޗަށް ފަހުން ލިބޭނޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމުގެ ހުއްޖަތެއް ނޫން ކަމަށާއި މިމައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ނުވަތަ ހައްޔަރު ނުކުރިކަމުގައިވިއަސް އެ މައްސަލާގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި ދައުވާ ކުރުމާއިމެދު ޕީޖީ އޮފީހުން ގޮތެއް ނިންމާނެ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ވަނީ މިހާތަނަށް މިމައްސަލާގައި ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. މީގެ ތެރެއިން އަތަމާ ޕެލެސް ތެރޭގައި ހުރެ ރިމޯޓަކުން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ވަނީ ކުށަށް އިއުތިރާފްވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ