- Advertisement -ad image

ކުދިންގެ ވިސްނުމާއި ހިޔާލު ބައްޓަން ކުރުވަންވީ، ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ކުދިންގެ ވިސްނުމާއި ހިޔާލު ބައްޓަން ކުރުވަންވީ، ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނެރުއްވި ހިތާބުގައި ވިދާޅުވީ، ދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ، އަނެކުންނަށް އިހްތިރާމް ކުރުމުގެ މާތް ސިފަ ކަމަށާއި މިކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރަން ތިބީ އެކުދިންނަކީ ތިމާމެންގެ ހިތުގެ ފިނިކަން ކަމުގައި ގަބޫލުކުރާ މައިންބަފައިން ކަމަށެވެ.

ކޮންމެ މުޖްތަމަޢެއްގައިވެސް ކުޑަކުދިންނަކީ، އެ މުޖްތަމަޢެއްގެ ކުރިމަގުގެ އުންމީދު ކަމަށާއި އެކުދިންގެ ހެދިބޮޑުވުމަށާއި، ތަޢުލީމަށާއި ތަރުބިއްޔަތަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ، އަދި ކުރެވޭ ކޮންމެ ހޭދައަކީ، މުޅި ގައުމުގެ ކުރިމަގަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އިންވެސްޓެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޒަމާނީ ތައުލީމުން އެކުދިންގެ ސިކުނޑިތައް ތަރައްގީކުރަން މަސައްކަތްކުރާ ފަދައިން، އިސްލާމީ ރިވެތި އަދަބު އަހްލާގުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ފަދައިން މުޖްތަމަޢުގައި ހުރި އެންމެހައި ނޭދެވޭ ސިފަތަކާއި ޢަމަލުތަކުން އެކުދިން ދުރުހެލިކޮށް، މުޖްތަމަޢުގެ ސުލްހަޔާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި އެކުދިން ބޮޑެތިކުރުމަކީ ވެސް އެހާމެ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަދުގެ ކުޑަކުދިންގެ ކުރިމަތީގައި އުފެދިފައިވާ ސުވާލަކީ، އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ސުވާލު ކަމަށްވާއިރު އެކުދިންގެ ކުރިމަގު ބިނާކުރަން އޮތް ވެށީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އަޅަންވީ ފިޔަވަޅުތަކާ މެދު އުފެދިފައިވާ ސުވާލު ކަމަށް ރައީސް ވިދާޅުވިއެވެ.. އެކުދިން ދިރިއުޅެން އޮތް މާޙައުލުގެ ޞުލްޙަޔާއި އަމާންކަން ދެމެހެއްޓުމަށްޓަކައި، ކުރަންވީ ކަންކަމާ މެދު އުފެދިފައިވާ ސުވާލެވެ. މިކަންކަމަށް ވިސްނާއިރު، ތިމާވެށި ޙިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ، އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ