ކ. ތިލަފުށިން ސިނާއީ މަސައްކަތްތައް ކުރުމަށް ބިން ގަންނަން ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުން ބިޑް ކާމިޔާބު ކުރުމަށް އެއް ބީލަމަށްވުރެ ގިނައި ހުށަހެޅޭނެ ގޮތަށް އެޗްޑީސީން ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
އެޗްޑީސީއިން ވިދާޅުވީ އެ ރަށުގައި ސިނާއީ ބޭނުމަށް ބިން ވިއްކުމަށް ކުރި އިއުލާނަށް އެ ކުންފުނިން ދެ އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. އެއް އިސްލާހަކީ ބީލަށް ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތުގައި ބީލަން ކާމިޔާބު ކުރުމަށް ހުރިހާ ބައިވެރިންނަށް ވެސް އެއް ބީލަކަށްވުރެ ގިނަ ބީލަން ހުށަހެޅޭނެ ގޮތަށް ގެނެސްފައިވާ އިސްހާލެކެެވެ.
އަދި ހުޅަހަޅާ ކޮންމެ ބީލަމުގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާފައިވާ ބީލަމުގެ އަގަށްވުރެ މަދުވެގެން 15 ރުފިޔާގެ ބޮޑު އަދަދެއް ކަމުގައި ވާންޖެހޭ ކަމަށް ބުނެފައި ވެއެވެ.
އެޗްޑީސީއިން ގެނައި ދެވަނަ އިސްލާހަކީ ބީލަށް ހުށަހަޅާ ސްކްރީންގައިވާ “15+” އިން އެ ވަގުތެއްގައި އެންމެ މަތިން ބީލަށް ހުށަހަޅާފައިވާ އަގަށް 15 ރުފިފާ އިތުރުކޮށް ބީލަށް ހުށަހެޅުމެވެ.
އޭގެ އިތުރުން ބީލަމުގެ އަދަދު ޖެއްސުމަށް ހާއްސަކޮށްފައިވާ ގޮޅި ބޭނުންކޮށްގެން ވަގުތުގައި އެންމެ މަތިން ހުށަހަޅާފައިވާ އަގަށް 15 ރުފިޔާއަށްވުރެ މަތިން އެ ފަރާތަކުން އިހްތިޔާރުކުރާ ކޮންމެ އަދަދެއް އިތުރުރުކޮށްގެން ބީލަށް ހުށަހެޅޭނެ ކަމަށް ބުނެފައި ވެއެވެ.
އެޗްޑީސީއިން ބުނެފައިވަނީ ތިލަފުށިން ބިން ގަންނަން ޝައުގުވެރިވާ އަމިއްލަ ފަރާތްތަކާއި، ދިވެހި ކުންފުނިތަކުން ސިޓީއަކުން ނުވަތަ އީމެއިލްއަކުން [email protected] އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.