Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރާއްޖެ – އެމެރިކާ ވިޔަފާރި އެއްބަސްވުމުގެ ކައުންސިލް ބައްދަލުވުން ބާއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖެ – އެމެރިކާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމެންޓް (ޓީފާ) ކައުންސިލްގެ ތިން ވަނަ ބައްދަލުވުން މިއަދު ވޮޝިންޓަން ޑީސީގައި ބާއްވައިފި އެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި ދެކުނު އަދި މެދުއޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެސިސްޓެންޓް ޔުނައިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓޭޓިވް (އޭ.ޔޫ.އެސް.ޓީ.އާރް) ބްރެންޑަން ލިންޗްއެވެ.

މި ކައުންސިލްގައި މިނިސްޓަރ ސަޢީދާއި ލިންޗް ވަނީ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރު ދިވެހިން ފަރާތުން ހުށަހަޅުއްވައި، އެމެރިކާ ސަރުކާރުގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވެއެވެ. ދެފަރާތުންވެސް ވަނީ ފިކުރީ މުދާ ހިމާޔަތްކޮށް ތަންފީޒުކުރުމާ ގުޅޭ ކަންކަމުގައި ކުރިއެރުންތައް ފާހަގަކުރައްވައި، އިންވެސްޓްމަންޓް މާހައުލު ހަރުދަނާ ކުރުމަށް ރެގިއުލޭޓަރީ ޓްރާންސްޕޭރެންސީ ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި އާޓިސްޓުންނާއި ވިޔަފާރިވެރިންނަށް ދުނިޔޭގެ ކޮމާޝަލް ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމް ސޮލިއުޝަންތައް ކެޕިޓަލައިޒް ކުރުމަށް އެއްބާރުލުން ދޭކަން ފާހަގަކޮށް، މާލީ، މެރިޓައިމް، ރިއަލް އެސްޓޭޓް އަދި ޓޫރިޒަމް ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުސަތުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

މި ބައްދަލުވުމުގައި ދެ ވަފުދުގެ ބޭފުޅުން ވެސް ވަނީ މަސައްކަތްތެރިންގެ ހައްގުތަކާއި ޑިޖިޓަލް ވިޔަފާރީގެ އިތުރުން ތިމާވެށީގެ ދެމެހެއްޓެނިވި ކަންކަމުގައި އެއްބާރުލުން އިތުރުކޮށް، ބައިލެޓަރަލް ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ ފައިދާ އެމެރިކާ އާއި ރާއްޖޭގެ ހުރިހާ ސައިޒެއްގެ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދީ އިޞްލާޙުތަކާއި، ވިޔަފާރީގެ މާޙައުލު އިތުރަށް ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ޔޫ.އެސް.ޓީ.އާރުން ވަނީ ދާދިފަހުން ތަޞްދީޤުކުރި އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނާއި، އޮކިއުޕޭޝަން ސޭފްޓީ އެންޑް ހެލްތް ޤާނޫނަށް ޢަމަލުކުރުމާއި، ބިދޭސީ މަސައްކަތްތެރިންނަށް ލޭބަރ ރައިޓްސް ކުރިއެރުވުމާ ބެހޭގޮތުން ރާއްޖެއާއި އެކު ކުރެވޭ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

ޔޫއެސްޓީއާރުން ވަނީ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެގްރީމަންޓް އޮން ޓްރޭޑް ފެސިލިޓޭޝަންގެ ދަށުން ރާއްޖެއަށް ވެފައިވާ ވައުދުތަކުގެ ބޮޑު ބައެއް ތަންފީޒުކޮށްފައިވާތީ އެކަމަށް މަރުހަބާ ދަންނަވައި، އެމެރިކާ ހިމެނޭ ގޮތަށް އެހީދޭ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށް ހިތްވަރު ދީފައެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށާއި ވިޔަފާރީގެ މާހައުލު އިތުރަށް ހަރުދަނާކޮށް، އިންވެސްޓްމެންޓްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވެމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން ދެގައުމުން ވަނީ މަޝްވަރާ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ