ހުޅަނގު މޫސުން ފެށި ވައިގަދަވެ ވިއްސާރަވެފައިވާތީ މެޓް އޮފީހުން އަނެއްކާވެސް މުޅިރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މީޓިރިއޮލޮޖީން ބުނީ މިއަހަރުގެ ހުޅަނގު މޫސުން ފެށިފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫސިޓީއަށެވެ. އެލާޓްނެރެފައިވަނީ މިއަދުގެ ފަތިހު ފަހަކުން މެންދުރު 11 އަށެވެ. މެޓުން ބުނީ މިވަގުތުގައި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައިވައިޖެހޭނެ ކަމަށެވެ.
މެޓުން ބުނީ ހުޅަނގު މޫސުން ކުރިއަށްދާނީ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.