- Advertisement -ad image

މިއަދު ފައްޔާޒަށް ތާއިދުކުރަނީވެސް، އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅަން ސޮއިކުރި މެންބަރުން: އާޒިމް

ad image

ގުޅުންހުރި ލިޔުންތައް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސޮއިކުރި ބައެއް މެމްބަރުން އޭނާގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުންދާތީ ވެރިކަން ކުރާ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

މިއަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ކަމަށް ވާދަކުރަނީ އިމްތިޔާޒު ފަހުމީ އާއި ފައްޔާޒު އިސްމާއިލްއެވެ. ދެބޭފުޅުންގެ ކެމްޕެއިންގައި ގިނަ ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.

ފައްޔާޒުގެ ކެމްޕެއިން ޓީމަށް އަމާޒުކޮށް އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ 33 މެމްބަރުން ސޮއިކޮށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމަށް ބުނެ، މަޖިލީހަށް ހުށަހެޅުމަށް އޭނާ އާއި ވަނީ ހަވާލު ކޮށްފައި ކަމަށެވެ.

އަދި މިއަދު ހަމަ އެ މެންބަރުން ފައްޔާޒަށް ޕާޓީ ހިންގާލެވޭނޭ ކަމަށް ބުނާ ބުނުމަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް އާޒިމްވިދާޅުވެފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރު ނަމަވެސް މިއަދާ ހަމައަށްވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެއްނުވެއެވެ. އެމްޑީޕީގެ މެންބަރުން ސޮއިކުރި ލިޔުމުގައި އިކޮނޮމިކް ޑިވޮލޮޕްމަންޓް ދާއިރާގައި ނުހިމެނޭ ބައެއް ކަންކަމަށް ފައްޔާޒު ނުފޫޒު ފޯރުވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ…

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ