Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކަރަންޓު ބިލްތަކާއި، ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށް ސްޓެލްކޯ އާއި އެމްއެންޔޫ ގުޅިގެން އިލްމީ ދިރާސާއެއް ހަދަނީ!

ad image

ގުޅުންހުރި ލިޔުންތައް

ކަރަންޓު ބިލްތަކާއި، ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށާއި، އަދި ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި މި ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީއެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ޔުނިވަސިޓީގެ ޗާންސެލަރަކަށް ޑރ ޢާއިޝަތު ޝެހެނާޒު އާދަމް އެވެ.

ސްޓެލްކޯއިން ވަނީ މި ފަހުމުނާމާގެ މައިގަނޑު ދާއިރާއަކީ، ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ޞައްޙަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުން ކަމަށް ބުނެފައެވެ.

އަދި މި އިލްމީ ދިރާސާގައި ވޭތުވެދިޔަ 10 އަހަރުގެ ޑޭޓާ  އިވެލުއޭޓްކޮށް، އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރުތަކާއި، ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަތުމާއި، ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެވޭނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މީގެއިތުރުންވެސް ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ޢާއި ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ޚިޔާލު އަދި މީޓަރ ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ޞައްޙަކަން ކަށަވަރުކުރާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މި ދިރާސާގެ އަސާސީ މަޤްޞަދަކީ ކަރަންޓު ބޭނުންކުރާ ވައްޓަފާޅި، ބިލްކުރުމުގެ ޞައްޙަކަން ވަޒަންކުރުން، ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުން، ކަސްޓަމަރުންގެ ހިތްހަމަޖެހުން، މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު ބެލުމަށް ސްޓެލްކޯގެ ކަރަންޓް ބިލްތަކުގެ ފުރިހަމަ ދިރާސާއެއް ކުރުމެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަަފުޅުދައްކަވަމުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވަނީ ސްޓެލްކޯ އަދި ރާއްޖޭގައި ކަރަންޓު ބިލާއި ގުޅޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުމަށް އިލްމީ ދިރާސާއެއް ހަދައިދިނުމަށް އެމްއެންޔޫގެ ކިބައިން އެދިފައެވެ. އަދި އެ ދިރާސާ ހެދުމަށް ސްޓެލްކޯއިން އެެއްވެސް ހިފެެހެއްޓުމެއް ނެތި މައުލޫމާތު ފޯރުކޮށްދޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ