އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔާދު ވަކި ކުރައްވައި، އެ މަގާމަށް ޑެޕިިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހްމަދު ސައުދީ އައްޔަން ކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީބީސީ)ން ވިދާޅުވީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުން ޒިޔާދު ވަކި ކުރައްވާ، އެ މަގާމަށް ސައުދީ މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ޒިޔާދު ވަނީ ބަހްރެއިންއިން އިންޖިނިއަރިން މެނޭޖްމަންޓުގެ ދާއިރާއިން ތައުލީމް ހާސިލްކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުގައި މަސައްކަތް ކުރައްވާފައެވެ. ޒިޔާދު މިހާރު އައްޔަން ކުރައްވާފައިވަނީ ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށެވެ.
އޭނާ ވަނީ ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރުމެންޓް މިނިސްޓްރީގެ ސީނިއާ އިންޖިނިއަރުކަން ކުރައްވައިފައެވެ.



