- Advertisement -ad image

ރައީސް ޔާމީންގެ ސެކިއުރިޓީ ކަންކަމުގައި ސަރުކާރުން އިހުމާލުވެފައިވާތީ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާ ރައްކާތެރިކަމުގައި ސަރުކާރުން އިހުމާލުވެފައިވާތީ އިދިކޮޅު ޕީޕީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، މެއި އެއްވަނަ ދުވަހުގެރޭ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ޔާމީނަށް ބަޔަކު އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހެޅައިފަ ވާނަ ކަމަށާއި ނަމަވެސް މިއަދު މިމަހުގެ 11 ދުވަސް ނިމިގެންދިޔައިރުވެސް އެ މައްސަލަ ބަލަމުންދާކަން ނުވަތަ ނޫންކަންވެސް އަންގާފައި ނުވާ ކަމަށެވެ.

މިމައްސަލަ ފުލުހަށް ހުށަހަޅާފައިވަނިކޮށް މެއި މަހުގެ 3 ވަނަ ދުވަހުގެ ހަވީރު ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އައިސް އަޑުގަދަކޮށް، އިންޒާރުދީ ހެދިކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ އެ މައްސަލަވެސް އިދިކޮޅުން ފުލުހަށް ހުށަހެޅި ކަމަށެވެ

އަދި މި ހުރިހާ ކަމެއް މިގޮތަށް ހިނގައި ދިޔައިރުވެސް، ރައީސް ޔާމީންގެ މިކަންތައްތަކާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އެއްވެސް މުއައްސަސާއަކުން މިކަމާ ގުޅޭ ތަހުގީގެއް ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައި ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މިކަމުގައި ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ރަސްމީކޮށް ޖަވާބެއް ދީފައިވެސް ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ މައްސަލަތަކަށް ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބިގެން އުޅެނިކޮށް މިއަދު އަނެއްކާވެސް ބަޔަކު ރައީސް ޔާމީންގެ ގެކޮޅަށް ހަމަލާ ދިނުމަކީ އިދިކޮޅުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ..

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ