Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލްތަކަށް ހާއްސަކޮށް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށް އަޅުއްވާ ފިޔަވަޅެއް ކަމަށެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، މި ޗާޖިންގ ސްޓޭޝަން ޤާއިމްކުރެވޭނީ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައެވެ. އަދި މި މަޝްރޫޢުގެ މަޤްޞަދަކީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑް އިތުރުވަމުން ދިއުމާއެކު، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއިފަސޭހަތަކެއް ހޯދައިދިނުންކަމަށް ފަހުމީ ވިދާޅުވި އެވެ.

“ރައީސުލްޖުމްހޫރިއްޔާ @MMuizzu ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން މި ކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް މިހާރު ވަނީ ނިންމާފައި.” – ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގައި ސިޓީ ކައުންސިލާ މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން މިހާރު ވަނީ ލިބިފައެވެ. އަދި މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހަތަރު ފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފުރޮޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭނެ ގޮތަށް މި ސްޓޭޝަން ފަރުމާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޗާޖިންގ ސްޓޭޝަން ޤާއިމްކުރުމަކީ އިލެކްޓްރިކް ވެހިކަލްތައް ގެންގުޅުމަށް ހިތްވަރުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މީގެ ސަބަބުން ޤައުމުގެ ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ