- Advertisement -ad image

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ރަސްމީކޮށް ހަވާލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ރާއްޖެ ވަޑައިގެން މިކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު އަލީއެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ރަމަޟާންމަހަށް ކަދުރު ފޮނުވަން ނިންމި ގައުމުތަކަށް ރަމަޟާންމަސްތެރޭ ކަދުރު ލިބޭނެކަމަށް އުންމީދުކުރެއްވި ކަމަށާއި އެހެންނަމަވެސް ރާއްޖެއެކޭ އެއްގޮތަށް އެހެން ގައުމުތަކަށްވެސް ކަދުރު ލިބުން ލަސްވީ ދަތުރުފަތުރާއި ގުޅިގެން ދިމާވި ކަންތައްތަކެއްގެ ސަބަބުންކަމަށެވެ.

ސަފީރުވަނީ އެ ގައުމުގައި ކޮވިޑްގެ ހާލަތާ ގުޅިގެން އަދިވެސް ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ

ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރެވޭއިރު ކަދުރު ބަހާނީ ފަޤީރުންގެ ގޭބިސީތަކަށެވެ. މާލެ، ވިލިމާލެއަށް މާލެސިޓީގެ އެހީތެރިކަމާއިއެކު ކަދުރުބަހަން ނިންމާފައިވާއިރު ހުޅުމާލޭގެ ގޭބިސީތަކަށް ކަދުރު ބަހަން ހަވާލުކުރުމަށް ނިންމާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އަށެވެ..

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ