މާލޭގެ ގެސްޓު ހައުސްއެއްގައި ޒަޚަމްތަކާއެކު ފެނުނު މީހާއާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 9 ވަނަ ދުވަހު މާލޭ ގެސްޓު ހައުސްއެއްގެ ތެރެއިން ޒަހަމްތަކަކާއެކު ފެނުނު މީހާއާ މެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މި މަހުގެ 11 ވަނަ ދުވަހު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކ.ތުލުސްދޫ ޕެރިސް ފައުޒާން ޒަރީރާއި މއ.ވޮއްކޮޅުގެ އަހްމަދު މާޒިން އިބްރާހީމެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ގެސްޓު ހައުސްއިން ފެނުނު މީހއަށް ފަރުވާ ދެމުންދަނީ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައެވެ.



