- Advertisement -ad image

ވިލިމާލެ ޑަބްލިއުޑީސީގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފިއެވެ.. ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއީ ކެމްޕެއިން ކުރުން މަނާވަގުތެއް ކަމަށާއި މިވަގުތުގައި ކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މަނާވަގުތުގައި އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ކެމްޕެއިން ކުރާނަމަ އިންތިހާބުގެ ނަތީޖާއަށް ނުރަނގަޅު އަސަރު ކުރާނެ ކަމަށް އީސީން ހާމަކުރެއެވެ.

އީސީން މީގެކުރިން ހާމަކޮށްފައިވާގޮތުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 2،900 މީހަކަށް ލިބިފައިވެއެވެ.

ބައި-އިލެކްޝަނުގައި ވާދަކުރަނީ އެމްއެންޕީންނާއި އިދިކޮޅު ޕީޕީއެމްއިންނެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އައިމިނަތު ޝީޒާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ