- Advertisement -ad image

މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑި ޕީޕީއެމްއަށް

ad image

ގުޅުންހުރި ލިޔުންތައް

މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓު ނާޒިމާ ކާމިޔާބުކޮށްފިއެވެ. މިއިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.

ބައި-އިލެކްޝަނުގައި ވާދަކުރީ އެމްއެންޕީންނާއި އިދިކޮޅު ޕީޕީއެމްއިންނެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ ފާތިމަތު ނާޒިމާއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރީ އައިމިނަތު ޝީޒާއެވެ.

މިއަދު ކުރިއަށް ދިޔަ މި އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާ ވަނީ 359 ވޯޓް ހޯދައިފައެވެ. އެމްއެންޕީގެ ކެންޑިޑޭޓް ޝީޒާއަށް ލިބުނީ 358 ވޯޓެވެ. މި އިންތިޚާބުގައި އެމްޑީޕީން ތާއީދުކޮށްފައިވަނީ އެމްއެންޕީގެ ކެނޑިޑޭޓަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ