ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އަށް މިހާތަނަށް 65،000 މެންބަރުން ހަމަކުރެވިފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެމްބަޝިޕް އިތުރު ކުރުމަށް މިއަދު މާލޭގައި ހިންގާ ބޮޑު ހަރަކާތްފެށުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ފަލާހު ވަނީ މި އަދަދު އިތުރުކޮށް، އަންނަ މަހުގެ 17 ވަނަ ދުވަހުގެ ކުރިން 75،000 މެންބަރުންނަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމާޒު ހިއްޕަވާފައިވާ ކަމަށެވެ.
މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މިއަދު މާލޭގައި މިއަދު މާލޭގައި ހިންގި ބޮޑު ހަރަކާތުގައި މާލޭގެ ހަތް ދާއިރާއެއްގައި ޓީމުތަކުން މަސައްކަތް ކޮށްފައިވެއެވެ. އަދި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް މެންބަރޝިޕް ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގައި ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި، ސިޔާސީ ފަރާތްތައް އަދި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް 75،000 ހަމަވުމަކީ އަދި މިހާތަނަށް ތާރީހުގައި ވެފައި އޮތް ކަމެއް ނޫންކަން ފާހަގަކުރައްވައި ފަލާހުވިދާޅުވީ، މިހާ ގިނަ އަދަދަކަށް މެންބަރުން ޕީއެންސީއަށް ގުޅުމުން އެނގެނީ ސަރުކާރަށް އޮތް ތާއީދު ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.



