- Advertisement -ad image

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ފައްޔާޒު ހޮވިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ފޯރިގަދަ ކެމްޕެއިނަކަށްފަހު މިއަދު އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ހޮވިއްޖެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދިޔަ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި އިމްތިޔާޒު ފަހުމީ ބަލިކުރައްވާ ފައްޔާޒު ކާމިޔާބު ހޯއްދެވިއިރު އަދި ވޯޓު ގުނާނުވެސް ނިމެއެވެ. ނަމަވެސް މިހާރުވެސް 5000 އަށްވުރެ ގިނަ ވޯޓުން ކުރީގައި އޮތީ ފައްޔާޒުއެވެ.

ފައްޔާޒުގެ ފަހަތުގައި ތިއްބެވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްދު ސާލިހުގެ ޓީމެވެ. އަދި އިމްތިޔާޒު ފަހުމީ އާއެކު ހުންނެވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ޓީމެވެ. މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މިހާރުވެސް ފައްޔާޒު ވަނީ އިންތިހާބުގެ 60 އިންސައްތަ ކާމިޔާބުކުރައްވާފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ އަސްލު ރައީސް ސާލިހާއި ރައީސް ނަޝީދުގެ ކުރިމަތިލުމެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ގިނަ ތުހުމަތުތަކެއް ކުރަމުންދާއިރު ފައްޔާޒު މި އިންތިހާބު ކާމިޔާބުކޮށްފިނަމަ އެމްޑީޕީގެ ކުރިމަގު ބަނަވާނެ ކަމަށް ތަކުރާރުކޮށް ނަޝީދުގެ ފަޅިން ދިޔައީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ