- Advertisement -ad image

ބޮޑު އެލަވަންސެއް ދޭގޮތަށް ބޯހިމަނަން ދެހާސް މީހުން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް މީހުން ހޯދުމަށް ބިއުރޯ އޮފް ސްޓެޓިސްޓިކުން އިއުލާންކޮށްފިއެވެ.

އެގޮތުން ބޯހިމެނުމުގެ މަސައްކަތަށް 2005 ބޭނުންވާތީ އެޢިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ 31 ކަމަށެވެ. ބޯހިމެނުމުގެ މަސައްކަތަށް ޖުމުލަ 4400 މީހުން ބޭނުންވާއިރު މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދަށް ބޭނުންވާ 2409 މީހުންނާއި އަތޮޅުތެރެއަށް ބޭނުންވާ 1991 މީހުންނެވެ.

އެ އިއުލާނުގައިވާގޮތުން މާލެ ސަރަހައްދަށް އިތުރަށް 1،826 މީހުންނާއި އަތޮޅުތަކަށް ބޭނުންވާ 269 މީހުން ހޯދުމަށް މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އަދި ބޯހިމެނުމުގެ މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500ރ. ގެ އެލަވެންސެއް ދޭއިރު އިތުރަށް 10ރ ގެ އެލަވެންސެއްވެސް ދެއެވެ. މަސައްކަތަށް ނިކުންނަން ޖެހެނީ 7 ދުވަހާއި 11 ދުވަހުގެ މުއްދަތަކަށެވެ.

މީގެ އިތުރުންވެސް ބޯހިމެނުމުގެ މަސައްކަތުގެ ތަމުރީނަށް ނިކުންނަ ކޮނމެ ދުވަހަކަށް ވެސް 100 ރުފިޔާގެ އެލަވަންސެއް ދެއެވެ. މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގެ ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 އިން 15 އަށެވެ. އެ މަހުގެ 17 އިން 25އަށް ކުރިއަށް ދާނީ ބޯހިމެނުމުގެ އަމަލީ މަސައްކަތްތައް ކަމަށް ތަފާސް ހިސާބުތަކާއި ބެހޭ އިދާރާއިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ