- Advertisement -ad image

ރިސޯޓްކުލި ކުޑަކޮށްފިނަމަ އަހަރަކު 32 މިލިއަން ޑޮލަރު ގެއްލޭ: ސައީދު

ad image

ގުޅުންހުރި ލިޔުންތައް

ރިސޯޓްތަކުން ދައުލަތަށް ދައްކަންޖެހޭ ކުލި ކުޑަކޮަށްފިނަމަ އަހަރަކު 32 މިލިއަން ޑޮލަރު ދައުލަތަށަ ގެއްލޭނެ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިސޯޓް ކުލި ދައްކަން ބޮޑުވެގެން ބަޔަކުނޫޅޭ ކަމަށެވެ.

މެންބަރު ސައީދު ވިދާޅުވީ، މިއީ ދެ ރައީސުންގެ ތެޅުމުގައި ރައްޔިތުންގެ ގައިން ދުއްވާލި ހަމެއް ކަމަށާއި ސަރުކާރުން އެ ބިލު މަޖިލީހަށް ހުށަހެޅި މަގުސަދު ކިޔާލީމާ ކަންކުރާ ސަބަބު ވަރަށް ސާފު ކަމަށެވެ. ސައީދު ވަނީ ދެ ރައީސުން ހައްދަވަނީ ދޮގު ކަމަށް ތުހުމަތުކޮށް މިއީ މިނިމަމް ވޭޖަށްވީ ވައުދެއް ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ މިނިމަމް ވޭޖު ތައާރަފުކުރުމުން ރިސޯޓްތަކަށް މާލީ ގޮތުން ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ބިމު ކުއްޔަށް ބަދަލު ގެނައުމާއި ގުޅޭ އުސޫލުތައް ބަޔާން ކުރުމާއި އެކަންކސމާއި ގުޅޭ އެހެން އިސްލާހުތައް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

މިކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވެފައިވަނީ ރިސޯޓް ކުލި ކުޑަ ކުރިއަސް ޓެކްސް އިން ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ