ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭ.ވީ. ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށްޓަކައި، 2025 ވަނަ އަހަރުގެ ޖަނަވަރީ 10 ވާ ހުކުރު ދުވަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ހާމަކުރިގޮތުގައި މި މަސައްކަތް ކުރިއަށް ގެންދާނީ ހެނދުނު 6:00 އާއި 8:00 އާ ދެމެދު 1 ގަޑިއިރުގެ ވަގުތެއްގައެވެ. މީގެ އިތުރުން، މާލެ އަދި ހުޅުމާލޭގެ އިތުރު ސަރަހައްދުތަކުންވެސް މި ވަގުތުގައި ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
މި ސަބްސްޓޭޝަންސްޓޭޝަންގައި ހިމެނެނީ 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރ، އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ބޭނުންތަކަށް ޚާއްޞަކުރެވިފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިންގ ފީޑަރުތަކެވެ.
ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މި އައު ޓްރާންސްފޯމަރުތަކުގެ ސަބަބުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ޚިދުމަތުގެ ޔަޤީންކަން އިތުރުވެ، ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެއެވެ.
ސްޓެލްކޯއިން ވަނީ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މަޢާފަށް އެދި، އަދި މިފަދަ ކަންކަމުގައި ކަސްޓަމަރ ކަސްޓަމަރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައެވެ.